މާވެލް ސިނަމެޓިކް ޔުނިވަރސްގެ ތެރެއިން ގެނެސްދޭ ވެބް ސީރީޒް، "ލޯކީ" ރިލީޒްކުރާނީ މިއަހަރު ޖޫން 11 ގައި ކަމަށް ޑީޒްނީ ޕްލަސް އިން އިއުލާންކޮށްފިއެވެ.
"ލޯކީ" އަކީ މާވެލްގެ ސުޕަހޯރޯ ފިލްމް "ތޯ" ގައި ފެނިގެންގޮސްފައިވާ އެކޓަރު ޓޮމް ހިޑްލްސްޓަން ކުޅެދީފައިވާ ކެރެކްޓަރ "ލޯކޯ" އަށް ހާއްސަކޮށްގެން ގެނެސްދޭ ވެބް ސީރީޒްއެކެވެ.
މި ސީރީޒްގައި ކިޔައިދޭނީ، މާވެލްގެ ފޭސް 3 ގެ އެންމެ ފަހު ފިލްމް "އެވެންޖާސް: އެންޑްގޭމް" އަށް ފަހު އެ ކެރެކްޓަރ އަށް ވާ ގޮތެވެ.
މާވެލް ފޭސް 4 ގެ ފިލްމް/ސީރީޒ ތަކުގެ ތެރެއިން މިހާރު އަންނަނީ، "ވަންޑާ ވިޝަން" ގެ އެޕިސޯޑުތައް ދައްކަމުންނެވެ. އެގޮތުން މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑު ދައްކާނީ މާޗް 5 ގައެވެ.
"ލޯކީ" އަކީ އެ ސީރީޒްއަށްފަހު މާވެލް އިން ގެނެސްދޭ ދެވަނަ ސީރީޒްއެވެ. މީގެ އިތުރުންވެސް މާވެލްގެ ސީރީޒް އަދި ފިލްމްތައް ކުރިއަށް ރިލީޒްކުރަން ތާވަލުކޮށްފައި އެބައޮތެވެ.




