މާވެލް ސްޓޫޑިއޯ އިން ގެނެސްދޭ މާވެލް ސިނަމެޓިކް ޔުނިވަރސް ގެ ސީރީޒް، "ދަ ފެލްކަން އެންޑް ދަ ވިންޓަރ ސޯލްޖަރ" ގެ އޮފިޝިއަލް ޓްރެއިލާ ދައްކާލައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު މި ސީރިޒްގެ ފުރަތަމަ ޓްރެއިލާ ރިލީްކުރިއިރު، މިއީ މާވެލް އިން ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ދައްކަން ނއްމާ އިއުލާންކުރި އެމްސީޔޫ ގެ ފުރަތަމަ ސީރީޒްއެވެ. ނަމަވެސް މި ސީރީޒްގެ ގެނެސްދިނުން ލަސްވީ ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެންނެވެ.
"ދަ ފެލްކަން އެންޑް ދަ ވިންޓަރ ސޯލްޖަރ" އަކީ 6 އެޕިސޯޑުގެ ސީރީޒްއެކެވެ. މި ސީރީޒްގެ ވާހަކަ ފެށިގެން އަންނާނީ، މާވެލް ފޭސް ތިނެއްގެ އެންމެ ފަހު ފިލްމް "އެވެންޖާރސް:އެންޑްގޭމް" ގައި ކެޕްޓަމް އެމެރިކާގެ ޝީލްޑް "ދަ ފެލްކަން" ނުވަތަ ސޭމް ވިލަސަން އާއި ހަވާލުކުރުމަށްފަހު ހިނގާ ކަންތައްތަކުން ފެށިގެންނެވެ.
ސީރީޒްގައި ދަ ސުޕަހީރޯ ކަމުގައިވާ "ދަ ފެލްކަން" އާއި "ވިންޓަރ ސޯލްޖަރ" އެކުގައި ފެނިގެންދާއިރު، މި ދެ ރޯލުން ފެނިގެންދާނީ ކުރީގެ އެވެންޖާސް ފިލްމްތަކުގައިވެސް މި ރޯޅުން ކުޅުފައިވާ އެންތަނީ މެކީ އާއި ސެބޭސްޗަން ސްޓޭންއެވެ.
މި ސީރީޒް ޑީޒްނީ ޕްލަސް ހޮޓް ސްޓަރ އިން ދައްކަން ފަށާނީ މިއަހަރުގެ މާޗް 19 ގައެވެ. މާވެލް އިން މިހާރު ވަނީ "ވަންޑާ އެންޑް ވިޝަން ސީރީޒްވެސް ދައްކަން ފަށައިފައެވެ.



