ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މި މީހާ މަރުވީ ރޭ ފަތިހު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މަރާއެކު، މި ފެބްރުއަރީ މަހު ތެރޭގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 10 އަށް އަރައިފައެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވަމުން އަންނަ އިރު، މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 އަށް 19،597 މީހުން ރާއްޖެއިން ވަނީ ޕޮޒިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ