ދީނަށް އޮތް ނަފްރަތު ފަތުރާ މެޝިނަކަށް ކޮވިޑް ނުހައްދަވާ: ޑރ. އިޔާޒް

ބަޔަކު މީހުންގެ ހިތުގައި ދީނަށް އޮތް ނަފްރަތު ފަތުރާ މެޝިނަކަށް ކޮވިޑް-19 ނުހެއްދެވުމަށް ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ގޮވާލައްވައިފިއެވެ.

ޑރ. އިޔާޒް މިކަމަށް ގޮވާލައްވާފައި މިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރުމުގެ ހުއްދައަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގައި އެދުމާއި ގުޅިގެންނެވެ.

އެޗްޕީއޭގެ މި އެދިލެއްވުމާއި ގުޅިގެން ގިނަ ދީނީ ޢިލްމުވެރިން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނުހުރުން ފާޅު ކުރައްވަމުންނެވެ.

އެގޮތުން ޑރ. އިޔާޒް ވިދާޅުވީ ބަޔަކު މީހުންގެ ހިތުގައި އިސްލާމް ދީނަށް އޮންނަ ނަފްރަތު ފަތުރާ މެޝިންއެއްގެ ގޮތުގައި ކޮވިޑް-19 ބޭނުން ކުރައްވަން ނޫޅެއްވުމަށާއި، ކިތަންމެ މަސައްކަތެއް ކުރިޔަސް ﷲ ގެ ނޫރު ބިންމަތިން ފޮހެ ނުލެވޭނެކަމަށެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ އިލްމުވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ޝެއިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައި ވަނީ ފުޓުބޯޅަ ޕްރެކްޓިސްތަކާއި ސްކޫލް ރެސްޓޯރަންޓްތައް މިގޮތަށް ކުރިޔަށް ގެންދާކަމުގައި ވަނީނަމަ، މިސްކިތްތައް ބަންދު ކުރުމަކަށް ތާއީދު ނުކުރާކަމަށެވެ. އަދި މިސްކިތްތައް ހުޅުވާފައި ބެހެއްޓުން އުސޫލެއްގެ ގޮތުން މިކަންކަމަށްވުރެ މާ އައުލާވެގެންވާކަމުގައި ވެސް ޝެއިޚް ވިދާޅުވެފައި ވެއެވެ.

މިގެ އިތުރުންވެސް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެފައި ވަނީ ރައްކާތެރި ކަމާއެކު މުހިއްމު އެހެން ކަންކަންވެސް ކުރިއަށް ދާކަމަށާއި، ޖަމާޢަތުގެ ނަމާދަކީ މާސްކު އަޅައިގެން މީހަކާ ވާހަކަ ނުދައްކާ ކުރިއަށްދާ ކުޑަކުޑަ ވަގުތުކޮޅެއްކަމަށެވެ. އަދި އެއީ ދީނީ ޝިޢާރެއްކަމަށާއި، މުޖްތަމަޢުގައި ކަންކަން ހުރި ގޮތަށް ބަލާއިރު ޖަމާޢްތުގެ ނަމާދު މިވަގުތު ހުއްޓާލުމުގެ މާނައެއް ނެތްކަމުގައި ޝެއިޚް ވަނީ ވިދާޅުވެފައެވެ.

"މާސްކު އެޅުމާއެކު މިސްކިތުގެ ސަފުތައް ކައިރީގައި ތިބެ ހަދަމުން ދަނިކޮށް ކޭސްތައް 16 ނޫނީ 17 އަށް ދަށްވީވެސް! މިއީ ނިއުއިޔާ އާއި ގުޅިގެން HPA އަށް ނިންމުނު ގޯސްނިންމުން ތަކެއްގެ ނަތީޖާކަމަށް އެއްބަޔަކު ބުނޭ! އަދި މިސްކިތާގުޅުމެއް ނެތްކަމަށްވެސް ބުނޭ!" ޝެއިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

ޢަލީ ޒައިދުގެ ވާހަކަ ފުޅަށް ތާޢީދު ކުރައްވައި ޑރ. އިޔާޒް ވިދާޅުވީ މިސްކިތާއި ކުޅެން އެއުޅެނީ އަމިއްލަ އަތުން ހެދުނު ގޯސް ފޫބައްދަން ކަމަށެވެ.

ސިންގާ ބަކަރި ކާލަން ބޭނުން ވީމަ އެއްވެސް އެހެން ގޮތެއް ނެތޭ ބުނި ގޮތަށް މިސްކިތައް ފިޔަވަޅު ނޭޅުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ