އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ވާހަކަ ޓްރަމްޕް ދޮގުކޮށްފި

އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް ބުނެ ފަތުރާ ވާހަކައަކީ ދޮގު ޙަބަރެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ، އިއްޔެ ފްލޮރިޑާގައި އޮތް ކޮންސަރވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މިއީ ޓްރަމްޕް ވައިޓް ހައުސްދޫކޮށް ދިއުމަށްފަހު ޕަބްލިކަށް ދިން ފުރަތަމަ ސްޕީޗެވެ.

ޓްރަމްޕް ބުނީ، އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކައަކީ، "ފޭކް" ހަބަރެއް ކަމަށެވެ. އަދި އޭނަގެ ޕާޓީއަކީ ރިޕަބްލިކަން ޕާޓީ ކަމަށާއި ކުރިއަށް އޮތްތާގައި، ކުރިއަށްދާނީ އެންމެން އެކީ ގުޅިގެން ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމަށް ޓްރަމްޕް ބުންޏެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހިޔާލަކީ، އިތުބާރުހުރި ސްޓްރެޓެޖީއެއް ނޫންކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ