އެނބުރި އަންނާނެކަމަށް ބުނަމުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަނބިކަނބަލުން މެލޭނާ ޓްރަމްޕް ވައިޓް ހައުސް ދޫކޮށް ފުރައިވަޑައިގެންފިއެވެ.
އެމެރިކާގެ 45 ވަނަ ރައީސް ޓްރަމްޕް ފްލޮރިޑާއަށް ދަތުރު ފަށެމުގެ ކުރިން ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ވިދާޅުވީ، އެމެރިކާގެ ރައީސްކަން ކުރަން ލިބުމަކީ ލިބުނު ބޮޑު ފަޚުރެއްކަމަށެވެ. އަދި އަލަށް ޙަވާލުވާ ސަރުކާރަށް ކާމިޔާބީއަށް އެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ބައިޑެން ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ މިރޭ ރާއްޖެ ގަޑިން ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ. އެހެންކަމުން ޓްރަމްޕް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެއެވެ.
އެމެރިކާގައި މިދިޔަ އަހަރު ނޮވެންބަރުމަހުގެ ތިންވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމަކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއަކީ އެމެރިކާގެ 46 ވަނަ ރައީސްއެވެ. އަދި ބައިޑެންއަކީ އެމެރިކާގެ ރައީސްކަމުގެ ތާރީޙުގައި އުމުރުން އެންމެ ދުވަސްވީ ރައީސަށެވެ.
20 ނޮވެމްބަރު 1942 ގައި އެމެރިކާގެ ޕެންސިލްވޭނިއާއަށް އުފަން ބައިޑެންގެ މިހާރުގެ އުމުރުފުޅަކީ 78 އަހަރެވެ.