ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފަށައިފިއެވެ.
އެމްޓީސީސީ އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، 28،760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ. އަދި 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 772 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.
ކ. ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި. #MTCCProjects pic.twitter.com/3pD1iQFZTp
— MTCC Plc (@MTCCPlc) March 1, 2021




