އައްޑޫ ސިޓީ - ފޮޓޯ: ދި އެޑިޝަން

ހުޅުމީދޫގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫ ސިޓީ ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރު ހަފްތާއަކަށް ދަމަހައްޓައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވާފައިވާ އެންގުމެއްގައި ވިދާޅުވެފައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން މިހިނދުން ފެށިގެން 7 ދުވަގެ މުއްދަތަށް، އައްޑޫ ސިޓީ ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާކަމަށެވެ.

އެގޮތުން އައްޑޫ ސީޓީ ހުޅުމީދޫގައި އަޅަން އަންގާފައިވާ ފިޔަވޅުތަކުގެ ތެރޭގައި:

  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރު ރުން
  • ޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން
    ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.
  • އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.
  • ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
  • ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން
    އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
  • ފިރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން
    އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި،
    ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.
  • ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން، މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުން ނުހިމެނެއެވެ.

މި އެންގުމުގައި ވިދާޅުވެފައި ވަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރިކަމުގައި ވީނަމަވެސް ތިރީގައި ވާ ފަރާތްތައް އިސްތިސްނާވާކަމަށެވެ.

  • ސިފައިންނާއި ފުލުހުން
  • ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • އެންބިއުލަންސް
  • އައްޑޫ ސިޓީގެ ހުޅުމީދޫ ޓާސްކްފޯހުގެ ފާސް ލިބިފައިވާ ފަރާތްތައް
  • އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް

މީގެ އިތުރުންވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ
ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ