ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު - ފޮޓޯ: ސަން

ފްލެޓް ލިބުނުކަމަށް ދޫކުރި ލިޔުންތައް ބާޠިލް ކުރެވިދާނެ: ރިއްފަތު

ހިޔާ މަޝްރޫގެ ފްލެޓް ލިބުނު ކަމަށް ބުނެ، ކުރީގެ ހައުސިން މިނިސްޓްރީން ދޫކުރި ލިޔުންތަކަކީ ބާޠިލް ކުރެވިދާނެފަދަ ލިޔުންތަކެއްކަމުގައި ބަންޑާރަ ނައިބު އިބްރާޙިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ފްލެޓް ލިބުނު ކަމަށް ބުނެ، ކުރީގެ ހައުސިން މިނިސްޓްރީން ދޫކުރި ލިޔުންތަކުގެ ޞައްޙަކަމާމެދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ އެއްވެސް ހާލެއްގައި ދަޢުލަތުން ދޫކުރާ ލިޔުމެއްގައި ދަޢުލަތުގެ ނިޝާން ޖަހާފައި އޮތަސް ހަޤީޤަތުގައި އެލިޔުމަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފައްދާ ލިޔުމަކަށް ވެގެން ދަނީ އެލިޔުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުންކަމަށެވެ.

"ފްލެޓް ލިބުނު ކަމުގެ ލިޔުމަށް ބަލާއިރުގައި އެލިޔުމުގައި އެބަބުނޭ ލިސްޓްގައި ހިމެނުނަސް ލިޔުން ހަވާލު ކުރެވުނަސް، ފްލެޓް އެއްބަސްވުމެއް ސޮއިކުރަންޖެހޭނެ ވާހަކަ" ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި އެއްބަސްވުން ސޮއި ކުރުމުގެ ކުރިން އެމީހަކު ދީފައިވާ މަޢުލޫމާތު ފްލެޓް ލިބުނު ކަމުގެ ޝަރުތަކާ ދިމާވޭތޯ ނުވަތަ އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރިކަމަށްވެސް ބުނެފައިވެއެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ އިތުރަށް ބަލަންޖެހޭ ކަންކަމުގެ ތެރޭގައި 30 އޭޕްރީލް 2018 އާއި ހަމައަށް 600 އަކަފޫޓްގެ ނޫނިއްޔާ އެއަށްވުރެ ބޮޑު ގޯއްޗެއް، ފްލެޓެއް ނޫނިއްޔާ ރޯހައުސްއެއް ލިބިފައިވާ ފަރާތެއްކަމުގައިވާނަމަ އެ ތަނެއް ސަރުކާރަށް ދޫކޮށްލަންޖެހޭނެކަމުގައިވެސް އެލިޔުމުގައި ބުނެފައިވާކަމަށެވެ.

މީގެ އިތުރުން ދެމަފިރިންގެނަށް ލިސްޓަށް ހޮވިފައި އޮތް ހާލަތެއް މެދުވެރިވެއްޖެއްނަމަ ދެމެފިރިންގެ ދަރިންތިބިނަމަ އެދަރިން ބަލާފަރާތައް އިސްކަންދޭނެވާހަކައާއި އަދި ދަރިޔަކު ނެތްނަމަ އެ ދެމަފިރިންގެ ހާލަތަށް ބަލާފައި ފްލެޓްދޭ ފަރާތެއް ކަނޑައަޅާނީ ހައުސިން މިނިސްޓްރީންކަމަށްވެސް އެ ލިޔުމުގައި ބުނެފަިއވާކަމުގައި ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ މި ކަންކަން އިތުރަށް ކަށަވަރު ނުކޮށް މަޢުލޫމާތު ސާފުނުކޮށް ހަމައެކަނި ދަޢުލަތުގެ ނިޝާން ޖަހާފައި އޮންނަ ލިޔުމަކަށް ބެލުމަށްފަހު އެލިޔުމަކީ ޤާނޫނީ ގޮތުން އިލްތިޒާމެއް އުފައްދާނެ އަދި ޙައްޤެއް އުފަންކުރުވާނެ ލިޔުމެއްކަމަކަށެއް ޤަބޫލެއް ނުކުރެވޭކަމަށެވެ.

"ހަޤީޤަތުގައި ފްލެޓް ލިބުނު ކަމުގެ ލިޔުމަކީ މުދަލުގެ މައްޗަށް މީހެއްގެ ޙައްޤު ޤާނޫނީ ހަމަތަކުގެ މަތިން އޮތްކަން ދަލާލަތު ކޮށްދޭ ލިޔުމެއްނޫން" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ އެލިޔުމަކީ ޝަރުތުގެ މައްޗަށް ބިނާވާ ނުވަތަ ކޮންޑިޝަނަލް ލިޔުމެއްކަމަށާއި، އެލިޔުމަކީ އެލިޔުމުގައި ބުނާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަ ނުވާހާލަތުގައި ބާޠިލް ކުރެވޭނެ އެއްޗެއްކަމަށެވެ. އަދި އެކަމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަމަށް ޤަބޫލު ނުކުރައްވާކަމުގައި ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
312
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރައްޔިތުމީހާ

    އެހެންވީމަ އެންމެފުރަތަމަ ބަލަންޖެހޭނީ އެލިޔުން ދޫކޮށްފަހުރީ ތިވިދާޅުވާ ސަރުތުހަމަވާ މީހުންނައްތޯ. އޭގެތެރެއިން ސަރުތުހަމަވާ އެންމެންނަށް ފުލެޓްދީފަ ބާކީހުރި ފުލެޓްތައް ދިނުމަށްޓަކާނޫންތޯ ފޯމުހުށަ އެޅި އެންމެންގެ ފޯމުތައްބަލާ އަލުން ސަރުތުހަމަވާ މީހުންގެ ލިސްޓެއް އެކުލަވާލަން ވާނީ . އަދި މިހާތަނައް މިހާ ބޭއިންސާފުން އެއްވެސް ބަޔަކު ރައްޔިތުން ނާއިމެދު ކަންތައްކޮއްފަ އޮންނާނެހެނެއް ހިއެއްނުވޭ. ކިހިނެއްތޯ ތިބުނާހާއިންސާފުން ފުލެޓްދޭނީ . މައުލޫމާތުދޭމީހާ ދެނީ ތެދުމައުލޫމާތުކަން ކަށަވަރުކުރާނީ . އެކަން އެހެން ނުވީމަނޫންތޯ މިފަހަރު ގޭގެއަށްގޮސްބަލާފަ ނިދާއެދުގަ މިންއަޅާފަ ލިސްޓް ނެރުންއިރު ރަށްރަށުގަ އަމިއްލަގެދޮރުގަ ދިރިއުޅެމުންދާ އެތައްބަޔަކު ލިސްޓްގަ ހިމެނުނީ. ވަޒީފާ އަދާކުރި މުއްދަތައް ޕޮއިންދީފަ ހުރިއިރު ދުވަހަކު ވަޒީފާއެއް އަދާނުކުރާ އެތައްބަޔަކަށް ފުލުކޮން ޕޮއިންޓްދީފަހުރީ .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ