އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު | ފޮޓޯ : އޭޖީ އޮފީސް

ކައުންސިލް އިންތިހާބު ބާއްވަން ބޭނުންވާ އިސްލާހުގެ ބިލްގެ މަސައްކަތް ފަށައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލު ހޯދުމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ހިމެނޭ ބިލް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަމަށެވެ.

އަދި އެބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނެކަމަށްވެސް ރިއްފަތު ވިދާޅުވިއެވެ.

މީގެއިތުރުން ގާނޫނަށް ބަދަލު ގެނެސްގެންވެސް އިންތިހާބު އަވަސް ކުރަންޖެހޭކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ މި އިސްލާހުތައް ގެނައުމަށް މި މަހު މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރެއްވުމަށްވަނީ ނިންމާފައެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ބާއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިފައި ނުވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.

އެއަށްފަހު ދެން އިންތިޙާބު ބާއްވަން އުޅުނީ އަންނަ މާޗް މަހުުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް މާރޗް 6 ގައި އިންތިޚާބު ނުބޭއްވޭނެކަން އީސީން މީގެ ދެދުވަސްކުރިން ހާމަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް ތަވާލުކުރުމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިއަދުއެވެ.

އީސީން މިގޮތަށް ނިންމާފައިވަނީ އިންތިޚާބު ލަސްކުރުމާއި ގުޅިގެން އިދިކޮޅުގެ ގިނަ ފަރާތްތަކެއްގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.

https://feshun.wonstasite.com/107871

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ