އައްޑޫ ސިޓީއަށް އަސްތަކެއް ގެއްނަކަން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ކުރި ޓުވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު މިއީ ކޮން ބޭނުމަކު ގެއްނަ އަސްތަކެއް ކަމާއި އަދި މި އަސްތައް ގެއްނަނީ ކޮންފަރާތަކުންކަން އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
އެމްއެސްއެސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަސްތަކެއް އައްޑޫއަށް ގެއްނަކަމަށާއި މިއީ ދިރޭ ޖަނަވާރެއް އެ ކުންފުނިން އުފުލާ ފުރަތަމަ ފަހަރު ކަމަށެވެ.
We are excited to bring these lovely horses to Addu, Maldives. A first for MSS to carry live animals. #MaldivesShipping #MSS pic.twitter.com/wrYO7vAE6A
— Maldives State Shipping (MSS) (@stateshippingmv) March 4, 2021
އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެރައީސް ރައީސް މުހައްމަދު ނަޝީދު މީގެކުރިން ހާމަކޮށްފައިވާއިރު މި އަސްތައް ގެނައުމަށް ނަގަންޖެހޭ އެންމެހާ ހުއްދަތައްވެސް މިހާރު ނަގައިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި އަސް ނުގެންގުޅުނު ނަމަވެސް މީގެކުރިންވެސް އިސްތިހާރު ކުޅުންފަދަ ބޭނުންތަކަށް ރާއްޖެއަށް އަސް އެތެރެކޮށްފައި ވެއެވެ.



