ސޯޝަލްމީޑިއާގައި ކުރާ ޕޯސްޓްތަކާއި ގުޅިގެން ޑރ. އިޔާޒް ސަސްޕެންޑްކޮށްފި

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޑރ. މުހައްމަދު އިޔާޒު ޢަބްދުއްލަޠީފް ސަސްޕެންޑު ކޮށްފިއެވެ.

ޑރ. އިޔާޒް މި ނޫހަށް ވިދާޅުވި ގޮތުގައި އެބޭފުޅާ ސަސްޕެންޑް ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާއި ގުޅިގެން އެމްއެންޔޫއަށް ލިބިފައިވާ ޝަކުވާއެއް ތަޙްޤީޤު ކުރުމަށެވެ.

"އަޅުގަނޑަށް އިއްޔެ އެމްއެންޔޫގެ އެޗްއާރުން ފޯނުކޮށްލާފައި ބުނީ ހަވާލުކޮށްލަންޖެހޭ ލިޔުމެއް އެބައޮތޭ. އަޅުގަނޑު ބުނިން މެއިލް ކޮށްލަ ބަލާށޭ. ބުނީމަ ބުނީ ޙާޑު ކޮޕީ ހަވާލުކޮށްލަން އެބަޖެހެއޭ ޖައްސާލަބަލާށޭ. ދެން އަޅުގަނޑު ދިޔައީ" ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ އެމްއެންޔޫއަށް ދިއުމުން އެޗްއާރު ހެޑްގެ ރޫމަށް ވެއްދުމަށްފަހު ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކާއި ގުޅިގެން އައިސްފައިވާ ޝަކުވާއެއް ތަޙްޤީޤު ކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް ޑރ. އިޔާޒް ސަސްޕެންޑް ކުރުމަށް މެނޭޖްމަންޓުން ނިންމާފައިވާކަމަށް ވިދާޅުވިކަމަށެވެ.

ޑރ. އިޔާޒް ސަސްޕެންޑް ކުރިކަން އެންގުމުން މިއަދު ހަވީރު 4 ޖަހާއިރު އެބޭފުޅާގެ ކުލާހެއް އޮތްކަމަށް ބުނެފައި ވާނެކަމަށާއި ނަމަވެސް އެކޮޅުން ވަނީ ކުލާސް ނަގާނެކަމެއް ނެތްކަމަށް ބުނެފައި ކަމުގައި ޑރ. އިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ކިޔަވައިދޭ ހުރިހާ ކުދިންނަށް ލިޔުނިން އަޅުގަނޑު މިވަނީ ސަސްޕެންޑް ކޮށްފައޭ އެހެން ވީމަ އަޅުގަނޑަކަށް މިއަދު ގަޑިއެއް ނުނެގޭނެއޭ" ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ އެބޭފުޅާއާއި ގުޅިގެން މީހަކު ޝަކުވާއެއް ހުށައެޅިނަމަވެސް އެބޭފުޅާއަކީ އެމްއެންޔޫގެ މެނޭޖްމަންޓްގައި މަސައްކަތް ކުރާ މީހެއްނޫންކަމަށާއި އެހެންކަމުން އެ ޝަކުވާ ތަޙްޤީޤު ކުރުމަށް އެބޭފުޅާއަކަށް ނުފޫޒު ނުފޯރުވޭނެކަމަށާއި، ބާރެއްވެސް ނުފޯރުވޭނެކަމަށެވެ. އަދި ކިޔަވައި ދިނުމަށް ހުރަސް ނޭޅިނަމަވެސް މައްސަލަ ތަޙްޤީޤު ކުރެވިދާނެކަމަށާއި އަދި ތަޙްޤީޤު ކުރުމަށްފަހު ފިޔަވަޅެއް އަޅަންޖެހޭނަމަ އެޅުން އެންމެ ރަނގަޅު ކަމުގައި ޑރ. އިޔާޒް ވިދާޅުވިއެވެ.

އެ މައްސަލަ ތަޙްޤީޤު ކުރުމަށް އެބޭފުޅާ ކިޔަވައި ދެއްވާ ކުދިންގެ ކިޔެވުމަށް ހުރަސްއެޅުމަށް އެފަދަ ތަޢުލީމީ މުއައްސަސާއަކުން މަސައްކަތް ކޮށްގެން ނުވާނެކަމުގައި ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

3 Responses

  1. ޢަބްދުﷲރަޝީދު

    ލާދީނީބައިގަނޑަކަށްކޮންތަޙްގީގެއްކުރެ ވޭނީ

  2. ނުރަބޯ

    ކަޅުބެ އިޔާޒަށް މިހާރު އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން.

  3. ކިނބޫ

    thiaa nasheed aa dheythi dhivehi rayyithu kamunves suspend kuran v.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ