ޑރ. މުޙައްމަދު އިޔާޒް

ދުރުދުރުގައި ސަފުހަދާ ހިސާބަށް ރާއްޖޭގެ ހާލަތެއް ނުދޭ - ޑރ. އިޔާޒް

ނަމާދުގައި ދުރުދުރުގައި ސަފުހަދާ ހިސާބަށް ރާއްޖޭގެ ހާލަތު ނުދާކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަމާދުގައި ކިރިޔާވެސް ކޮޅަށް ހުރެވޭ މީހާ، ހުރެވޭ މިންވަރަކަށް ކޮޅަށް ހުންނަން ޖެހޭކަމަށާއި، ގޮނޑީގައި އިށީންދެވޭނީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ. އަދި ސަފު ހަދަންޖެހޭނީވެސް ކައިރިކައިރީ ކަމަށާއި، ދުރުގައި ސަފު ހެދޭނީވެސް އެނޫން ގޮތެއް ނެތިގެން ކަމަށެވެ.

ޑރ. އިޔާޒް ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާލަތުގައި އެހިސާބަށް ކަންތަށް ނުދާކަމަށެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގައި ކައިރިކައިރީގައި މި ދުވަސްކޮޅު ނަމާދުގެ ސަފު ހެދަމުން އަންނާތީ އަދި މިއަދުގެ ހާލަތަށް ބަލައި ދުރުދުރުގައި ސަފު ހެދުމާއި ގުޅޭ ގޮތުން ފަތުވާއެއް ނެރެފައި ނުވާތީ އެކަން ފާހަގަ ކުރަމުންނެވެ.

މި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެފައި ވަނީ ވަގުތާ ޙާލަތާ ގުޅިގެން ފަތުވާ ބަދުވާންޖެހޭނެކަމަށާއި އެއީ ޢައިބެއް ހުރި ކަމެއްނޫންކަމަށެވެ. އަދި ކައިރިކައިރީގައި ސަފު ހެދުމާބެހޭ ގޮތުން ރާއްޖޭގެ ފަތުވާ މިކަމުގައި ބަދަލު ނުވާތީވެ، އަޖައިބު ވާކަމުގައި ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް މިކަމުގައި އިތުރަށް ވިދާޅުވެފައި ވަނީ ބަލި ފެތުރުނު ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވާޖިބުކަމެއްކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބައެއް ޤައުމުތަކުގައި ނަމާދުގެ ސަފު މިދުވަސްކޮޅު ހަދަމުން ދަނީ ގައިދުރުކަން ބަހައްޓައިގެންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ