މާލެ ސީޓީގެ މޭޔަރ ކަމަށް އިދިކޮޅު ކޯލިޝަނުންް ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒަކީ ސަރުކާރުގެ ޕަޕެޓަކަށް ނުވެ، ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދޭނެ ބޭފުޅެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ. މުއީޒަކީ، މާލޭގެ ރައްޔިތުންގެ ކަނބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހައި، ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަޤީންކަން އޮތް، ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތްކުރާނެ ޤާބިލް ހާދިމެއްކަމަށެވެ.
މާލެ ސިޓީގެ މޭޔަރ ކަމަށް މުއިއްޒުއާއެކު ދެން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރުއާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރިގެ މެންބަރު އަލްހާން ފަހުމީއެވެ.
މާލޭގެ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ. މުއީޒަކީ، މާލޭގެ ރައްޔިތުންގެ ކަނބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހައި، ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަޤީންކަން އޮތް، ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތްކުރާނެ ޤާބިލް ހާދިމެކެވެ. pic.twitter.com/vUtwh76xVL
— Dunya Maumoon (@dunyamaumoon) March 6, 2021
ދުންޔާގެ އިތުރުންވެސް އެމްޑީޕީ އުފެދުނީއްސުރެ 2019 ވަނަ އަހަރާއި ޖެހެންދެން އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާފައިވާ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް ވަނީ ޑރ. މުއިއްޒަށް ތާޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.
ރުކުމާ އެމްޑީޕީން ވަކިވެފައިވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީން ކެޓުމަށްފަހު އެމްޑީޕީގެ ރައީސް، ރައީސް ނާޝީދުއާއި ދެމެދު ބަހުގެ ހަމަލާތަކެއްވެސް ރައްދު ކުރެއްވުމަށް ފަހުގައެވެ.
މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 10 އޭޕްރީލް 2021 ގައެވެ.




ހިޔާލު
budhdhi salaamathun huri aammu visnumuge meehakan thikan gabool kureveynebaa! Muizzu ge flat behun dhivehin vanee thajuribaa kohfa.