ވަޢުދު ބޯލާލާޖެހީ އެމްޑީޕީން، ކޯލިޝަން އޮތީ ރޫޅިފަ: މަލީހު

ވަޢުދު ބޯލާލާޖެހީ އެމްޑީޕީން ކަމަށާއި ސަރުކާރު ކޯލިޝަން މިހާރު އޮތީ ރޫޅިފަ ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭގޮތުން މަލީހު މިރޭ ވިދާޅުވީ، ކޯލިޝަން އެގްރީމަންޓްގައި އެއްބަސްވެވިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް އިއްތިހާދުވެގެން ދާން ކަމަށާއި ނަމަވެސް މި ވަޢުދު ބޯލާލާޖެހީ އެމްޑީޕީން ކަމަށެވެ. އަދި މިހާރު ކޯލިޝަން އޮތީ ރޫޅިފައި ކަމަށެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ލޯކަލް އިންތިހާބަށް ޕާޓީތަކުން ކެމްޕެއިން ފަށައިފައިވާ ދަނޑިވަޅެއްގައެވެ. މިހާތަނަށް ޕާޓީތަކުން މި އިންތިހާބާއި ގުޅިގެން ކޯލިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާތަން ނުފެނެއެވެ.

ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމާއި ވާދަކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަށް ނިކުމެފައިވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ. އިންތިހާބު ކާމިޔާބުވުމަށްފަހު ކެބިނެޓް މިނިސްޓަރުކަންވެސް ދީފައިވަނީ ކޯލިޝަނުންގެ ބައިވެރިންގެ ހިއްސާ އޮންނަ ގޮތަށެވެ.

ކޯލިޝަންގެ މެދުގައި މައްސަލަތައް ކުރިމަތިވާން ފެށީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިންނެވެ. މިގޮތުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންވަނީ އެއްދާއިރާއަކަށް ގިނަ ކެންޑިޑޭޓުންތަކެއް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ