މުހައްމަދު މަލީހް (ވ) ވާހަކަ ދައްކަވަނީ- ފޮޓޯ: ސަން

ކޮވިޑް ބަލިމަޑުކަމުގައި ރައްޔިތުން މަރުވަނީ، ވެރިން ލަވަކިޔުމުގައި: މަލީޙް

ނުރައްކާތެރި ކޮވިޑް-19 ގެ ބަލި މަޑުކަމުގައި ރައްޔިތުން މަރުވަމުންދާއިރު، ވެރިން އުޅުއްވަނީ ލަވަ ކިޔުމުގައި ކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލް ފާޑު ވިދާޅުވެފައި މިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ކަރޯކޭ ޖައްސަން ހުރި ވީޑިއޯއެއް އާންމުވުމައި ގުޅިގެންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުން އިންތިހާއަށް އިތުރުވެ މި ބަލީގައި ނިޔާވާ މީހުންގެ އަދަދު މަތިވެފައިވާ މި ދަނޑިވަޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ކަރޯކޭ ޖައްސަން ހުރި ވީޑިއޯއާންމު ވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މި ވީޑިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވިދާޅުވަމުންނެވެ.

އެގޮތުން މަލީޙް ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގައި ރައްޔިތުން މަރުވަނީކަމަށާއި އަދި އާޢިލާތައް ހިތްދަތިކަންމަތީ، އަތްމަތި ހުސްވެ ހަދާނެގޮތެއް ނޭގި ހާސްކަމުގައިއުޅޭއިރު ވެރިން އުޅުއްވަނީ ލަވަކިއުމާއި ނެށްޓެވުމުގައިކަމަށެވެ.

"ޤައުމު އޮޔާ ދޫވެފަ. ކަންކުރަން ނޭގުމާއި ސުލޯ ކަމުގެ އެޕިކް" މަލީހް ވިދާޅުވެފައިވެއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޖެނެރަލް ޝަމާލް އާއި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ކަރޯކޭ އަށް ލަވަ ކިޔަމުންދާ ތަނެވެ. ލަވަކިޔާ ވީޑިއޯއިން ހަމަ އެކަނި ޝަމާލް އާއި ވަހީދު ފެންނަ ނަމަވެސް އެތަނުގައި އިތުރު މީހުން ތިބިކަން ވީޑިއޯއިން އިވޭ އަޑުން އިނގޭއިރު އެ ދެމީހުންވެސް ތިބީ މާސްކް ނާޅައެވެ.

ކޮވިޑްގެ މި ހާލަތުގައި އިސްކޮށް ތިބޭ ފަރާތްތަކުގެ މިދަފަ އަމަލުތައް ވެގެން ދަނީ ރައްޔިތުންނަށް ވަރަށް ބޮޑެތި އަސަރު ކުރުމާ މަންޒަރުތަކަށެވެ. އެހެން ކަމުން ގިނަ ބައެއްގެ ނުރުހުމާއި ފާޑު ކިޔުން މިކަހަލަ ކަންތައްތަކަށް ވަރަށް ބޮޑަށް އަމާޒުވެގެން ދާތަން ވަނީ މީގެ ކުރިންވެސް ފެނިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ