އިތުރު ދެ ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އިތުުރު ދެ ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޗަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މި އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން ދެ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ނިންމައިފައިވާކަމަށެވެ.

އެގޮތުން އަލަށް ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައި ވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާއާއި، ސިނަމަން ވެލިފުށީގައެވެ.

މީގެ ތެރެއިން ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ، ސްޓާފް ބާރ ގައި ބަހައްޓާ ވޯޓް ފޮއްޓަށް ވޯޓުލާނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ސިނަމަން ވެލިފުށި، ސްޓާފް ރިކްރިއޭޝަން އޭރިއާގައި ބަހައްޓާ ވޯޓް ފޮއްޓަށް ވޯޓް ލާނީ ސިނަމަން ވެލިފުށީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އީސީން ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާ ނަމަކަމަށެވެ.

އިލެކްޝަންސް ކޮޮމިޝަނުން ކުރިން ވިދާޅުވެފައި ވަނީ މި އިންތިހާބުގައި ޖުމްލަ 735 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ވޯޓު ފޮށި ބަހައްޓަން ބޭނުންވެގެން 135 ރިސޯޓަކުން އެދިފައިވާ ކަމަށް އެކޮމިޝަނުން ކުރިން ވިދާޅުވެފައިވެއެވެ.

މި އިންތިޚާބުގައި އީސީން ކުރިން ނިންމާފައި ވަނީ 532 ވޯޓް ފޮއްޓެއް ބެހެއްޓުމަށެވެ. ނަމަވެސް އެކޮމިޝަނުން ވިދާޅުވީ ވޯޓް ފޮށީގެ އަދަދު އިތުރުވެފަިއ ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ގުޅިގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ