މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވަނީ، ވައިގަދަވާނެ ކަމަށް ލަފާކޮށް މާލެ އަތޮޅުން ފެށިގެން ގދ.އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކ ު40 މޭލަށް ވައި ގަދަވާނެ ލަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:45 އިން ފެށިގެން މެންދުރުފަހު 13:00 އާއި ހަމައަށެވެ.

 

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ.

" އިރުއުތުރާއި އިރުން ގަޑިއަކު05 މޭލާއި 15 މޭލާއިދެމެދުގެ ބާރުމުނިުގައި ވައިޖެހޭނެ" މެޓް އޮފީހުން ވިދާޅުވިއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ