ވިއްސާރަ ދުވަހެއްގައި ރަށެއްގެ ބަނދަރުމަތި - ފެށުން ފޮޓޯ: ވިސާމް

ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނަށް އެލާޓް ނެރެފި

މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހަވާީރު ނެރުނު އެލާޓްގައި ބުނެފައި ވަނީ ގއ. އަތޮޅުން އައްޑޫ ސިޓީއަށް މިއަދު ހަވީރު 6:30 އިން ފެށިގެން މިރޭ 12:30 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

މެޓް އޮފީހުން ވިދާޅުވެފައި ވާގޮތުގައި ރާއްޖޭގެ އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ.

ވައިޖެހޭނެކަމަށް ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަ ވުން އެކަށީގެން ވާކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެތް އޮފީހުން ވިދާޅުވީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސެއްޅި

    ގއ.އަތޮޅުން ކީއްވެ އައްޑު އަތޮޅަށް ވާރޭ ވެއްސަންވީ…….އެޑިޓަރުގެ ފެންވަރެއް ވެސް ނެތީ.ލަދެއް ނުގަނޭދޯ ޚަބަރު ލިޔަން.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ