އަސްކަރީ ބަގާވާތަކުން މިހާރު ވެރިކަމުން ދުރުކުރެވިފައިވާ މިޔަންމާގެ ލީޑަރ އަންގް ސަން ސޫޗީވަނީ ގިނަ އަދަދެއްގެ ފައިސާއާއި ރަން ގަވާއިދާއި ހިލާފަށް ހޯއްދަވައިފައި ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މިޔަންމާގައި އޮތް ޑިމަކްރަސީ ސަރުކާރު އަސްކަރީ ބަގާވާތަކުން ފެބުރުއަރީ އެއްވަނަ ދުވަހު ވައްޓާލުމަށްފަހު ލީޑަރ ސޫޗީވަނީ އަސްކަރީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަސްކަރިއްޔާއިން ތަފާތު ގިނަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް މިއީ މިފަދަ ބޮޑު ތުހުމަތެއް ކުރެއްވި ފުރަތަމަ ފަހަރެވެ.
އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ސޫޗީވަނީ 600،000 އެމެރިކާ ޑޮލަރާއި އަދި ގިނައަދަދެއްގެ ރަން ވެރިކަމުގައި ހުއްނެވިއިރު ނުގަވާއިދުން ހޯއްދަވައިފައެވެ. ނަމަވެސް، އަސްކަރިއްޔާއިން މިހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް މިކަމަށް ދައްކާފައެއް ނުވެއެވެ.
މީގެކުރިން އަސްކަރިއްޔާއިން ސޫޗީގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ގައުމުގައި ބިރުވެރިކަން ފެތުރުމާއި، ނުގަވާއިދުން ރޭޑިއޯ އިކުއިޕްމެންޓްސް ގެންގުޅުމާއި އަދި ކޮވިޑް-19ގެ ރެސްޓްރިކްޝަންތައް މުގުރާލުމެވެ.
ފާއިތުވެދިޔަ ފަސްހަފްތާގައި ސޫޗީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ބަހައްޓައިފައިވާއިރު އަސްކަރިއްޔާއިން ގެން ބަގާވާތާއި ދެކޮޅަށް އެގައުމުގައި އައްނަނީ މުޒާހަރާތައް ކުރަމުންނެވެ. މި މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އަސްކަރިއްޔާއިން ހާލަތާއި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ބަޑިޖަހާ މައްސަލައިގައި ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އައްނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތާއި ދެކޮޅަށް މިހާތަނަށް ކުރި މުޒާހަރާތަކުގައި އަސްކަރިއްޔާއިން ބަޑިޖެހުމުގެ ސަބަބުން 60 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.




ހިޔާލު
Democracy eve kiyaigen ulhenee huss looteyrun. Democracy mask alhaigen gaumuthakuge jaanaai maalu hama dhavaalanee! Balla Irag libiya. Mulhi baithul maalu democratunnah kavvaaleenu!