ޖަސްޓިން ބީބާ މިހާރު ފޯނެއް ނުގެންގުޅޭ!

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔަ ޖަސްޓިން ބީބާ، މިހާރު ފޯނެއް ނުގެންގުޅޭ ކަމަށް އޭނާ ހާމަކޮށްފިއެވެ.

27 އަހަރުގެ ޖަސްޓިން ބީބާ، ހާމަކުރިގޮތުގައި، އޭނަގެ ޕްރޮފެޝަނަލް ލައިފްގައި އޭނާ ގެންގުޅެނީ ވަރަށް ހަރުކަށި އުސޫލުތަކެކެވެ. އެގޮތުން ބޭނުންވަގުތަކު އެހެން މީހުން އޭނާއަށް މުއާމަލާތް ނުކުރެވޭނެގޮތަށް، މިހާރު ފޯނުވެސް ނުގެންގުޅޭ ކަމަށް ޖަސްޓިން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

ޖަސްޓިން ބުނި ގޮތުގައި، އޭނަގެ މެނޭޖިން ޓީމާއި އޭނާ ވާހަކަދައްކަނީ، އައިޕެޑް އިން އެވެ.

ޖަސްޓިން އިތުރަށް ވުނގިތުގައި، މި އުސޫލުތަކުގެ ސަބަބުން ގިނަ ވަގުތު އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބެއެވެ. އެގޮތުން ހަވީރު ހައެއް ޖަހާއިރު މަސައްކަތް ނިއްމާލުމަށްފަހު ޖަސްޓިން ވަގުތު ހޭދަކުރަނީ އަންހެނުން ހެއިލީ އެކުއެވެ.

2010 ވަނަ އަހަރު ރިލީޒްވި "ބޭބީ" މި ލަވައިން މުޅި ދުނިޔޭގެ މަޝްހޫރުކަން ޖަސްޓިން ބީބާ ހޯދިއިރު، އޭރު އޭނަގެ އުމުރަކީ 16 އަހަރެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ