ލޮކްޑައުންގައި ކައިވެނީގެ ގުޅުން ވަރުގަދަވެއްޖެ: ޖަސްޓިން ބީބާ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނަގެ އަންހެނުން އަދި މޮޑެލް ހެއިލީ ބީބާގެ ކައިވެނީގެ ގުޅުން، ކޮވިޑް-19ގެ ލޮކްޑައުންގެ ސަބަބުން އިތުރަށް ވަރުގަދަވެއްޖެކަން އެމީހުން ހާމަކޮށްފިއެވެ.

ޖަސްޓިން ބީބާ ހާމަކުރިގޮތުގައި، ލޮކްޑައުންގެ ސަބަބުން އެކަކު އަނެކަކަށް ކުރާ އިތުބާރު ބޮޑުވެއްޖެއެވެ. އެގޮތުން މިކަމުގެ ސަބަބަކީ، ލޮކްޑައުންއާއި ގުޅިގެން ދެމީހުން ގިނަވަގުތުއެކުގައި ވަގުތުހޭދަކޮށް، ދެމީހުންގެ ކައިވެނީގެ ގުޅުމަށް ބޮޑަށް ސަމާލުކަން ދެވުންކަމަށް ޖަސްޓިން ހާމަކޮށްފައިވެއެވެ.

ޖަސްޓިން ބީބާގެ ޔޫޓިއުބް ޗެނަލްގައި އޭނާ ނެރެމުން އަންނަނ "ޖަސްޓިން ބީބާ: ނެކްސްޓް ޗެޕްޓަރ" ޑޮކިއުމެންޓްރީ ވީޑިއޯގައި، ޖަސްޓިން ބުނީ، ކޮވިޑްގެ ޕެންޑެމިކްއާއި ގުޅިގެންމަސައްކަތްތައް ކެންސަލްވުމުގެ ސަބަބުން، ދެމީހުންވެސް އެަކު އަނެކަކަށް ސަމާލުކަން ދިނުމަށް ފުރުސަު ލިބިގެންދިޔަކަމަށެވެ.

ޖަސްޓިން ބީމާ ނެރެމުން އަންނަ މި ޑޯކިއުމެންޓަރީތަކަކީ، އޭނަގެ ދިރިއުޅުމުގެ ކަންތައްތަކާއި، މިއުޒިކް އަލްބަމްތައް އުފެއްދުމަށް އޭނާ ކުރާ މަސައްކަތްތައް ދައްކުވައިދޭނެ ޑޮކިއުމެންޓަރީ ވީޑީއޯތަކެކެވެ.

އަމުރުން 25 އަހަރުގެ ޖަސްޓިން ބީބާ މީގެ ކުރިން ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒްއާ ވަރަށް ގިނަދުވަސްވަންދެން ޑޭޓްކޮށްފައެވެ.

ޖަސްޓިން ބީބާ އާއި އޭނަގެ ކުޑައިރުގެ އެކުވެރިޔާ، ހެއިލީ ބީބާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު ޖުލައި މަހުގެތެރޭގައި ވަރަށް ސިއްރުގޮތަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ