ބަނގުރާފުޅިއާއެކު ހައްޔަރުކުރި ފުލުސް މީހާ ދޫކޮށްލައިފި

ބަނގުރާފުޅިއަކާއެކު މާލެއިން ރޭ ހައްޔަރު ކުރި ފުލުސް މީހާ ދޫކޮށްލައިފިއެވެ.

އޮންލައިން ނޫސް "ވަގުތު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފުލުސް މީހާ ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުންނެވެ. އަދި ފުލުހުން ވަނި އެ ނޫހަށް އެކަން ކަށަވަރުވެސް ކޮށްދީފައެވެ.

ބަނގުރާ ފުޅިއާއިއެކު ހައްޔަރު ކުރި ފުލުސް މީހާ ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ހިނގި އޮޕަރޭޝަނެއްގައި މާލެއިންނެވެ. އެ ފުލުސް މީހާ ހައްޔަރުކޮށްފައި ވަނީ އަމީނީމަގު އެވިޑް ކޮލެޖް ކައިރިންނެވެ.

އެމައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމުގައި ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހައްޔަރު ކުރި ފުލުސް މީހާ ކޯޓުން ދޫކޮށްލި ނަމަވެސް އޭނާ މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ