ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން ހަތަރު މީހަކު ޙައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާއެކު ވެރިރަށް މާލެއިން ހަތަރު މީހަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި ހަތަރު މީހުން ޙައްޔަރުކޮށްފައިވަނީ ޑްރަގު އެންފޯސްމެންޓު ޑިޕާޓްމަންޓުން މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އަދި މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ 3 ބިދޭސިއަކާއި 1 ދިވެއްސަކުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން "ބްލޫފިން" ނަމަކަށްކިޔާ ފެރީވެސް މިއަދު ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަތީ ތަޙުޤީޤުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ