މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކެއް އަތުލައިގެންފި

މާފުށި ޖަލަށް އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މޯބައިލް ފޯނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މާފުށި ޕްރިޒަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން މި މާރިޗު މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މާފުށި ޖަލު ހިމެނޭ ސަރަހައްދު ބަަލައި ފާސްކުރިއިރު 15 މޯބައިލް ފޯނާއި، ހަތަރު ޔޫއެސްބީ ކޭބަލްގެ އިތުރުން ޗާޖަރެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވާކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ