ފޮރިންގ މިނިސްޓަރ ޝާހިދު ރައީސް ޞޯލިޙް އަރިހުގައި - ފޮޓޯ: ރައީސް އޮފީސް

ޕާޓްނާޝިޕް ފޯރަމް ބާއްވަން ރާއްޖެ ތައްޔާރުވަނީ

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބާއްވަން ދިވެހިރާއްޖެއިން ތައްޔާރުވާން ފަށައިފިއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަކީ ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ. މި ފޯރަމްގައި ގިނަ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ބޮޑެތި ޖަމިއްޔާތަކުން ބައިވެރިވާނެ އެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެޖެންޑާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޯރަމްގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ.

މިމަހުގެ 17 އަދި 18 ގައި ބާއްވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކޯ ހޮސްޓް ކުރައްވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

މި ފޯރަމް އޮންނާނީ މި މަހުގެ 17 އަދި 18 ގައެވެ. މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކޯ ހޮސްޓް ކުރައްވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ޕާޓްނާޝިޕް ފޯރަމްގައި ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު ފަސް ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޕެނަލް ޑިސްކަޝަން ބާއްވާ ދާއިރާތަށް

  • މާލީ އަދި އިގްތިސޯދީ ދާއިރާ
  • ނޫ އިގްތިސާދު
  • އިޖްތިމާއީ ދާއިރާ
  • އިދާރާތައް ހަރުދަނާކުރުން
  • ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން ތަރައްގީކުރުން

މި ފޯރަމަށް ސަރުކާރުން ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިން އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ