ދިވެހި އަސްކަރިއްޔާ އަކީ ކުޅޭ ކުޅޭ ތަނަކަށް ނެހެއްދެވުމަށް ބުރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ގޮވާލައްވައިފިއެވެ.
އުތުރުތިލަފަޅުގެ މައްސަލަ އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބުރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ އިގްތިސްލާލާއި ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގެ ދިފާއުއަށް ސިފައިނަށްވުރެ ބޮޑަށް ޤުރުބާންތަކެއްވި މުއައްސަސާއެއް ދިވެހިރާއްޖެއަކު ނޯންނާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން މިތާނގައި ތިބެގެން ރާއްޖޭގެ އިގްތިސްލާލާއި ދިވެހިރާއްޖޭގެ ސަލާމަތަށް އެއްވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން" މަންސޫރު ވިދާޅުވިއެވެ.
ހަމަ މިއާއެކު ރައްޔިތުންގެ އިތުބާރު ސިފައިންގެ މައްޗަށް ދެއްވުން އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، ރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި، ސުނާމީ ކާރިސާ، ބޮޑުރާޅު އެރުމުގައި، ނޮވެމްބަރު 3 ގެ ހާދިސާގައި، ބޮޑެތި އުދުވާންތަކުގައި އަދި އެންމެފަހުން މިދިވާމި ކޮވިޑްގެ ހާލަތުގައިވެސް ދިވެހި ސިފައިންވީ ޤުރުބާނީވީ އެއްވެސް ބަޔަކު ތިބިތޯވަނީ ސުވާލު ކުރައްވާފައެވެ.
މަންސޫރު އިތުރަށް ވިދާޅުވީ، އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށްބުނެ މިހާރު ފަތުރަމުންދާ ލިޔުމަކީ އެއްވެސް ހަޤީގަތެއް ހުރި އެެއްޗެއް ނޫން ކަމަށެވެ.
މިކަހަލަ ހަޤީގަތާއި ހިލާފުވާހަކަތަށް ރައްޔިތުންނަށް އޮޅިގެންދާނެފަދަ ގޮތަކަށް ސިފައިންނާއި ބެހޭ ވާހަކަތައް ނުދެއްކެވުމަށްވެސް މަންސޫރުވަނީ އެދިލައްވާފައެވެ.
"ދިވެހި އަސްކަރިއްޔާއަށް ނިސްބަތްކުރައްވައި އެފަދަ ވާހަކަތައް ނުދައްކަވާށޭ. މިއީ ކުޅޭކުޅޭ ތަނެއްގެ ގޮތުގައިވެސް ތިބޭފުޅުންގެ މައިދާންތަކުގައި ނުހައްދަވާށޭ" މަންސޫރު ވިދާޅުވިއެވެ.





2 Responses
ބުރިގޭޑިއަޖެނެރަލް މެން ދޯ ތިޔަހައްދަވަނީ ވެސް
Dhicehi askariyyaa ga amilla bandhareh tharaggii kurumuge hiyvvaru nethama gaumu himaayaiy kurumuge hivvaru hunnaane ba! Bin hikkumaai bandharu hedhumuge gaabil kan mtcc company ga huri iru manpower faujeh ove, amilla fudhun therikan nethee keevve? Adhivess thibee nukiyavaa meehun ba?