ދިވެހި އަސްކަރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު ނަގާލަން ފުރުޞަތު ނުދޭނެކަމުގައި ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.
އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މައްސަލާގައި ދިވެހި އަސްކަރިއްޔާއަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާ މި ދަނޑިވަޅެއްގައި ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލުމަށް ބައެއް ސިޔާސީ ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން މަސައްކަތް ކުރާކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް، ހަޤީޤަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމުގައި ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިގެ އިތުރުން ޑިފެންސް މިނިސްޓްރީން ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލާ، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރަތްތަކުން ކުރަމުންގެންދާ ގެންދިއުން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.
ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ޤައުމީ ޚިދުމަތުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަގެއްގެ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުން ކަމުގައި އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރު ލީކް ކޮށްލި އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ހަޤީޤަތައި ޚިލާފު ލިޔުންތަކެއްކަމުގައި ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އުމަރު ނަޞީރު ވިދާޅުވީ އެއީ ޞައްޙަ ލިޔުންތަކެއްކަމަށެވެ.




ހިޔާލު
އަސްކަރިއްޔާއަށް އޮންނަ ޤަދަރު ކުޑަކުރަން އަބަދުވެސް އުޅޭ ބައިގަނޑަކީ އެމްޑީޕީ އަށް ނިސްބައިވާ ބައިގަނޑު އެމްޑީޕީ މާރިއާއޭބުނީ މިރާއްޖޭގެ އަސްކަރީމީހުންނަކީ ފިނދަނަބައި ގަޑެކޭ؟ އެހެންބަޔަކު ވިދާޅުވި ބަސްފުޅެއްނޫން ވަރަށް ވަރަށް ސާފް އިނގޭތޯ