ޝްރައްދާ ކަޕޫރް ރާއްޖޭގައި!

ބޮލީވުޑް ރީތި އަދި  މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރް އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

ޝަރައްދާ ކަޕޫރް މި މަހުގެ ކުރީކޮޅު ވަނީ ނާގެ ދެބޭންގެ ދެދަރި ޕްރިޔާންކް ޝަރްމާގެ ކައިވެނީގެ ހަފްލާއަށްވެސް ރާއްޖެ އައިސްފައެވެ. އަދި މާޗު 3 ގައި އައި އޭނަގެ ެުއުފަންދުވަސް ވެސް ފާހަގަކުރީ ރާއްޖޭގައެވެ.

ޝްރައްދާ މިފަހަރު ރާއްޖެގަިއ ޗުއްތީ ހޭދަކުރަމުން އަންނަނީ އޭނާގެ މަންމަ އާ ބައްޕަ އާއެކުގައެވެ.

ޝްރައްދާ އާއި އޭނަގެ މައިންބަފައިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ވޮއްމުލި ރިސޯޓުގެ ހިތްގައިމު މާހައުލުގައެވެ. އަދި ޗުއްޓީ ހޭދަކުރާ ގޮތުގައި ފޮޓޯތައް އޭނަގެ އިންސްޓަގްރަމްގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

ޝަރައްދާ އެންމެ ފަހުން ފެނިގެންގޮސްފައިވާ ފިލްމަކީ، ޓައިގާ ޝްރޮފް އާއެކު ފެނިގެންދިޔަ ފިލްމް "ބާގީ3" އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ