ޝްރައްދާއަށް ރާއްޖެ ނައިސް ނުހުރެވުނު!

މިއަހަރު އެތައް ފަހަރެެއްގެ މަތިން ރާއްޖެ އައިސްފައިވާ ބޮލީވުޑް ރީތި އަދި  މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރް އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

ޝްރައްދާ މިވަގުތު ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ބަރޮސް މޯލްޑިވްސް ރިސޯޓުގައެވެ. އެތަނުގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް ޝްރައްދާ އަންނަނީ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރަމުންނެވެ.

ޝަރައްދާ ކަޕޫރް މިދިޔަ މަހުގެ ކުރީކޮޅު ވަނީ ނާގެ ދެބޭންގެ ދެދަރި ޕްރިޔާންކް ޝަރްމާގެ ކައިވެނީގެ ހަފްލާއަށްވެސް ރާއްޖެ އައިސްފައެވެ. އަދި މާޗު 3 ވަނަ ދުވަހު އައި އޭނަގެ އުފަންދުވަސް ވެސް ފާހަގަކުރީ ރާއްޖޭގައެވެ. އަދި އޭގެ ފަހުން އޭނަގެ މަންމައާއި ބައްޕައާއެކު މިދިޔަ މަހުގެ ފަހުކޮޅުވެސް ޝްރައްދާ ވަނީ ރާއްޖެ އައިސްފައެވެ.

ޝަރައްދާ އެންމެ ފަހުން ފެނިގެންގޮސްފައިވާ ފިލްމަކީ، ޓައިގާ ޝްރޮފް އާއެކު ފެނިގެންދިޔަ ފިލްމް "ބާގީ3" އެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ