ހާލުދެރަވި ބަލި މީހަކު ޑޯނިއަރ ފްލައިޓުގައި މާލެ ގެނެސްފި

ހާލުދެރަވި ބަލި މީހަކު ދ. ކުޑަހުވަދޫ އިން އެމްއެންޑީއެފްގެ ޑޯނިއަރ ފްލައިޓުގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހާލު ދެރަވެގެން ސިއްހީ އަވަސް ފަރުވާއަށް މިއަދު ހެނދުނު 06:15 ގައި އުމުރުން 84 އަހަރުގެ ފިރިހެނަކު ދ. އަތޮޅު ހޮސްޕިޓަލުން މާލެއަށް އެމްއެންޑީއެފް ޑޯނިއަރ ފްލައިޓުން ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑިއެފް އިން ދެއްވާފައެއް ނުވެއެވެ.

އިންޑިއާއިން ހަދިޔާކުރި މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި  އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ