ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަންނަ އަންގާރަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޙާޟިރުވާން އަންގައިފިއެވެ.
މުއިއްޒު ވިދާޅުވީ، މާރޗް 23 ވަނަ ދުވަހު އޭސީސީއަށް ޙާޟިރުވުމަށް އޭނާއަށް އަންގާފައިވާކަމަށާއި، އަދި އެކަން އެގޮތަށް ކުރަނީ ސަރުކާރުން އަންގައިގެންކަމަށާއި، ބޭނުމަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމާއި، އަބުރު ކަތިލުންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ބޭނުމަކީ އަޅުގަނޑުގެ ކެމްޕޭނަށް ސަރުކާރުން ހުރަސް އެޅުން." މުއިއްޒު ވިދާޅުވިއެވެ.
Alhuganduge campaign ah sarukaarun huraselhumah, asleh neiy dhogu vaahakathah fethurumah, aburu kathilumah, sarukaarun angaigen 23 March ga ACC ah haaziru kuranee. Insha Allah furihama ah javaabudhaaree vaanan. @MuizzuForMayor
— Dr Mohamed Muizzu (@MMuizzu) March 21, 2021
އަދި އޭސީސީގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައިވާއިރު، އޭސީސީއަށް ޙާޟިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.
މުއިއްޒުގެ މައްޗަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ ދަޢުލަތުން މީގެކުރިން އުފުލާފައިވާއިރު، ޕީޖީ އޮފީހުން ވިދާޅުވީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ފުލުހުންނަށް ދެއްވާފައިވާ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރ ކަމަށް މުއިއްޒުއާއެކު ދެން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރުއާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރިގެ މެންބަރު އަލްހާން ފަހުމީއެވެ.
ޖޫން 14، 2020 ގައި ފޮނުވި މިމައްސަލާގައި މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުންނެވެ.




ހިޔާލު
kaleyakee gaumuge ethah kanthahthakah khinaanaiytherivefaihuri meehen