ގިނަ އަދަދެއްގެ ޑީސަލް ބަރުކޮށްގެން ދަނިކޮށް މިއަދު ފަރަށް އެރި ދޯނި ފުންކޮށްފިއެވެ.
މި ދޯނި ފަރަށް އަރާފައި ވަނީ 50 ޓަނު ޑީސަލް ބަރުކޮއްގެން ދަނޮކޮށެވެ.
އެންއެންޑީއެފް އިން ވިދާޅުވީ ދޯނި ފުންކޮށްފައި ވަނީ މިއަދު ހަވީރު 4:10 ހާއިރުކަމަށެވެ. އެގޮތުން ދޯނި ފުން ކުރުމަށްޓަކައި ވަނީ އެ ދޯނީގައި ހުރި ތެޔޮ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން އުޅަނދަކަށް ހުސްކޮށްފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ދޯނި މިއަދު ހަވީރު ފުންކޮށްފައިވާއިރު، އެ ދޯނިން ކަނޑަށް ތެޔޮ ބޭރުވެފައި ނުވާކަމަށެވެ.
މި ދޯނި ފަރަށް އަރާފައި ވަނީ 50 ޓަނު ޑީސަލް ބަރުކޮށްގެން މާލެއިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށެވެ. އެގޮތުން "ސްނޯ" ނަމަކަށް ކިޔާ މި ދޯނި އަރާފައި ވަނީ ށ. ކީކިމިނި ކައިރި ބޮލިސްތާ ފަރަށެވެ. މި ދޯނި ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފްގެ ނޮދާރން އެރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ ހަރަކާތްތެރިވެފައެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ ދަންވަރު 03:09 ގައެވެ. މިދޯނީގައި ދިވެއްސަކާއި 2 ބިދޭސީން ދަތުރު ކުރިކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.



