ބޭންކް އޮފް ސިލޯންގެ ޑޯމަންޓް އެކައުންޓްތައް ބަންދު ކުރަނީ

ބޭންކް އޮފް ސިލޯނުގެ ޑޯމަންޓް އެކައުންޓް (މުޢާމަލާތް ނުކުރާ އެކައުންޓް) ގެ ގޮތުގައި ހުރި އެކައުންޓްތައް ބަންދު ކުރުމަށް އެ ބޭންކް އިން ނިންމައިފިއެވެ.

ބޭންކް އޮފް ސިލޯން އިން މިއަދު ވިދާޅުވެފައި ވަނީ އެކައުންޓް ބަންދު ކުރުމަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު ގެ 35 މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިދިވިދިގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވައިފައި ނުވާނަމަކަމަށެވެ.

އެގޮތުން މިފަދަ އެކައުންޓްތައް ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅައި، އެ އެކައުންޓްތައް ބަންދުކުރެވި، އެ އެކައުންޓްތަކުގައި ހުރި ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ހަވާލު ކުރުމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާކަމުގައި އެބޭންކް އިން ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ބޭންކް އޮފް ސިލޯނުގައި ޑޯމަންޓް އެކައުންޓެއް އޮތް ފަރާތެއް ވާނަމަ، 31 މޭ 2021 ގެ ކުރިން، ބޭންކަށް ދީފައިވާ މަޢުލޫމާތު
އަޕްޑޭޓް ކުރުމަށްފަހު އެކައުންޓުން ފައިސާގެ މުޢާމަލާތެއް ހިންގުމަށް އެ ބޭންކް އިން ވަނީ އެދިފައެވެ.

ބޭންކް އޮފް ސިލޯނުން ވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެބޭންކްގެ ރެކޯޑްތަކުން ދައްކާ ޑޯމަންޓް އެކައުންޓްތަކުގެ މަޢުލޫމާތު އާންމުކޮށްފައެވެ.

އެގޮތުން 193 އެކައުންޓެއް އެ ބޭންކް ޑޯމަންޓް އެކައުންޓްތަކުގެ ލިސްޓްގައި ހިމެނިފައިވެއެވެ.

އިއްޔެ ވަނީ ސްޓޭޓް ބެންކް އޮފް އިންޑިއާގައި ހުޅުވާފައި ހުރި މުޢާމަތް ނުކުރާ އެކައުންޓްތައް ބަންދުކޮށް އެ އެކައުންޓްތަކުގައި ހުރި ފައިސާ އެމްއެމްއޭއަށް ހަވާލުކުރުމަށް ނިންމާފައިވާކަމަށް އެ ބޭންކް އިން ވެސް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ