މިޔަންމާ އަސްކަރިއްޔާއިން ހަމަލާދީ އުމުރުން 7 އަހަރުގެ ކުއްޖަކު މަރާލައިފި

މިޔަންމާ އަސްކަރިއްޔާއިން ހަމަލާދީ އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު މަރާލައިފިއެވެ.

އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އަންހެން ކުއްޖާ އަސްކަރިއްޔާއިން ހަމަލާދީ މަރާލައިފައިވަނީ މިކުއްޖާގެ އަމިއްލަ ގޭގައި އާއިލާއާއެކު ހުއްޓައި ކަމަށެވެ.

ލޯކަލް މީޑިއާތަކުން މި ހާދިސާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުޑަ އަންހެން ކުއްޖާ މަރުވެފައިވަނީ އަންހެން ކުއްޖާގެ ބައްޕައަށް އަމާޒުކޮށް ބަޑިން ދިން ހަމަލާއެއްގައެވެ. ހަމަލާދިންއިރު ކުޑަ އަންހެން ކުއްޖާ ހުރިކަމަށްވަނީ ބައްޕަގެ އުނުގުމަތީގައެވެ. މިހާދިސާއާއި ގުޅިގެން އަސްކަރިއްޔާއިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕެއް ކަމަށްވާ، "ސޭވް ދަ ޗިލްޑްރެން" އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިޔަންމާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 20 ކުޑަކުދިންވަނީ މަރުވެފައެވެ.

ފެބުރުއަރީ އެއްވަނަ ދުވަހު މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތާއި ގުޅިގެން އެގައުމުގައި އައްނަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ