maleeh

ގައުމު މިއޮތީ ފުލުސްޓޮޕެއްގައި: މަލީހު

ގައުމު މިއޮތީ ފުލުސްޓޮޕެއްގައި ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ކުރިން ހުއްނެވި މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ހައުސިން މިނިސްޓްރީ ހަވާލުކުރުމަކީ ދަންތުރައެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރެއްވި ސިފަކުރެއްވުމަށް ރައްދު ދެއްވަމުންނެވެ.

މި މައްސަލައިގައި މަލީހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯލިޝަން ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެމްޑީޕީއަށް 2018ގެ ރިޔާސީ ކެންޑިޑެސީ ދޫކޮށްލެއްވުން ކަމަށާއި އެމްޑީޕީގައި ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަ ނުގައްނަ ކަމަށެވެ. އެފަދަ ލީޑަރެއްވެސް ނެތްކަމަށެވެ. އަދި ގައުމު މިއޮތީ ފުލުސްޓޮޕެއްގައި ކަމަށެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން މަލީހު ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުބާރު ނެއްކަމަށް ފާސްކޮށްގެންނެވެ. މަލީހަކީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިތުބާރު ނެއްކަމަށް ފާސްކޮށް ވަޒީރުކަމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ