ތިލަފުށީ ސައިޓެއްގައި އޮތް ބޯއްޓެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު މެންދުރު 14:07 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައި ވަނީ އެމްޓީސީސީ ސައިޓާއި ޖެހިގެން އޮތް ސައިޓުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފް ތިލަފުށި ފަޔާ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، އެ ބޯޓްގައި އަލިފާން ރޯވީ، ބޯޓްގައި ވެލްޑިންގ ކުރަން އުޅުމުގެތެރޭގައި ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.




