މުޢިއްޒު ކޮމިޝަނަށް ޙާޟިރުކުރުމުގައި ސިޔާސީކަމެއް ނެތް: އޭސީސީ

ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަށް ޙާޟިރުކުރުމުގައި ސިޔާސީކަމެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

މިއަދު ނެރެފައިވާ ބަޔާނެއްގައި އޭސީސީން ބުނީ، އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ޙާޟިރުކުރި ކުރުމަކީ ސިޔާސީގޮތުން މިކޮމިޝަނުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެ، މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ.

އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކަކީ، ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަޙުޤީޤުތަކެއްކަމަށާއި، އެގޮތުން، މައްސަލަތަކުގެ ތަޙުޤީޤު ފަށާނެ ނުވަތަ ތަޙުޤީޤު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބުކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫންކަމަށްވެސް ބުނެފައިވާއިރު، އެ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންކޮށް ތަޙުޤީޤު ކުރިއަށްގެންދާނެގޮތާއި ތަރުތީބު ކަނޑައަޅާނީ ކޮމިޝަނުން ކަމުގައިވެސް މިބަޔާނުގައި ވެއެވެ.

އަދި ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގައި، ތަޙުޤީޤުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މަޢުލޫމާތަކީ، އާންމު އުސޫލުން އެ ކޮމިޝަނުން ދެމުންދާ މަޢުލޫމާތެއް ނޫންކަމަށާއި، އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ އެ ކޮމިޝަނުން ނޫންކަމަށްވެސް އޭސީސީންވަނީ ބުނެފައެވެ.

އެހެންކަމުން އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙްޤީޤަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން
ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، 23 މާރިޗު 2011 ގައި ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އިޢުލާނުކުރިފަހުންވެސް މީގެކުރިން ޑރ.މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެކަމަށްވެސް މިބަޔާނުގައިި ވެއެވެ.

އަދި އޭރުގައިވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑިއާއަށް ހިއްސާކޮށްފައެއް ނުވާއިރު، ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއްކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފަށް އަދި ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއްކަމަށް އެސީސީގެ ބަޔާނުގައިވާއިރު، އެކަމާމެދު ކަންބޮޑުވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

"ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައި މީސް މީޑިއާގައި ކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، އެފަދަ ފުރައްސާރަތަކަށް ބެލުމެއްނެތި ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ދެމިތިބޭނެކަމުގައި ދަންނަވަމެވެ." އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބަޔާނުގައި ވެއެވެ.

https://feshun.wonstasite.com/116577

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އެކޮއި

    އެންޓި ކަރަޕުސަނުން ކުރީގެ ހައުސިން މިނިސްޓަ
    ޑރ މުއީޒު ހާޒިރުކުރަނީ ސިއާސީ މަގުސަދެއް އޮވެގެން
    ނޫނޭއެބުނަނީ ދޮގެއް ޑރ މުއީޒު މާލޭގެ މޭޔަރުކަމައް
    ހޮވޭނެކަން އެގޭތީ ހޮވުނަނުދިނުމަށް ކުރާކަމެއްކަމުގަ މިގައިމުގެ
    ހުރިހާމީހުން ގަބޫލުކުރެވޭތީ އެންޓިކަރެޕު ސަނަންހާޒިރުކުރަނީ ކ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ