މިޔަންމާގެ އަސްކަރިއްޔާއިން މުޒާހަރާކުރަމުންދާ މީހުންނަށް ހަމަލާދީ 89 މީހުން މަރާލައިފި

މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތާއި ދެކޮޅަށް މިއަދު މުޒާހަރާކުރި އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި 89 މީހުން މަރުވެއްޖެއެވެ.

އެސިސްޓެންސް އެސޯސިއޭޝަން ފޯރ ޕޮލިޓިކަލް ޕްރިސަނަރސް އިން ރިޕޯޓްކޮށްފައިވާގޮތުގައި އަސްކަރިއްޔާއާއި ދެކޮޅަށް މިޔަންމާގައި އާމުން މުޒާހަރާކުރަން ފެށިފަހުން މިއަދަކީ ރިކޯޑު އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. މިއަދު މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން މިހާ ގިނަ އަދަދެއްގެ ބަޔަކު މަރާލައިފައި މިވަނީ، މުޒާހަރާ ނުކުރުމަށް ބުނެ އަސްކަރިއްޔާއިން އިންޒާރު ދީފައިވަނިކޮށެވެ. މިއަދަކީ މިޔަންމާގެ އާރމްޑް ފޯރސް ޑޭގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މިޔަންމާގައި އޮތް ސަރުކާރު އަސްކަރީ ބަގާވާތަކުން މިދިޔަމަހުގެ ފުރަތަަމަ ދުވަހު ބަދަލުކުރީންސުރެ އެގައުމުގެ އަސްކަރިއްޔާއާއި ދެކޮޅަށް އެގައުމުގެ ގިނަ ސިޓީތަކެއްގައި އައްނަނީ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އަސްކަރިއްޔާއިން އައްނަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަމުންނެވެ. މިހާތަނަށް އަސްކަރިއްޔާއިން ދިން މިފަދަ ހަމަލާތަކުގައި 400 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ.

މިޔަންމާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އެމެރިކާ އަދި ވިލާތުގެ އިއްތިހާދުންވަނީ ކުއްވެރިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
23
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ