ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެންޓް ކިއު ސިސްޓަމް ތަޢާރަފް ކޮށްފިއެވެ.
އެހޮސްޕިޓަލުން ވިދާޅުވީ އެންޓް ކިއު ސިސްޓަމް ތަޢާރަފް ކޮށްފައި ވަނީ އެހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކަމަށާއި، އެގޮތުން މި ސިސްޓަމް މެދުވެރިކޮށް މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ހިދުމަތްތައް ހޯދޭނެކަމަށެވެ.
މި މޯބައިލް ކިއު ސިސްޓަމްއާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް މެދުވެރިކޮށް ކައުންޓަރު އަދި އޯޕީޑީގެ ކިއު ނަންބަރުތައް ބަލާލުމުގެ ފަސޭހަ ލިބިގެން ދާނެކަމުގައި އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މިއީ އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް މިހާ ބޮޑު ހޮސްޕިޓަލެއްގައި ހިދުމަތް ދޭން ފެށުނު ފުރަތަމަ ފަހަރެވެ. އެހޮސްޕިޓަލުން ވިދާޅުވީ އެފަރާތުން ފޯރުކޮށްދީފައިވާ ހިޔާލުގެ މައްޗަށް ބިނާކޮށް މި ސިސްޓަމަށް މިހާރު އިތުރު ފީޗާތައް އިތުރު ކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން މި ކިއު ސިސްޓަމް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް އަދި އިތުރު ފީޗާތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭ ގޮތުން އެއްވެސް ހިޔާލެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ އެބޭފުޅުންގެ ފޭސްބުކް ޕޭޖަށް ނުވަތަ ނަންބަރު 7887799 އަށް މެސެޖަކުން ހިއްސާ ކުރެއްވުމަށް ވަނީ ދަންނަވާފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅު ތެރޭގެ ހޮސްޕަޓާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ. އެގޮތުން އެ ހޮސްޕިޓަލުން ދުވާލަކު އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އިރު، ކޮވިޑް-19 އާއި ގުޅިގެން މަލެ ކައިރި ރަށްރަށުން ވެސް ވަނީ އެ ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށް އައިސްފައެވެ.





ހިޔާލު
Room thah hunna than than ves engryne gothah chart eh bahattaaleema varah salhivvaane.. mihaaru v haaalun hoadhan jehenee