ކުޅުދުއްފުއްށި ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ކުޅުދުއްފުއްށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމް (އީއާރް)އަށް ގެނައި ބަލިމީހެއް ކަމަށާއި އަދި މި މީހާއަކީ ށ. ފޯކައިދޫން ގެނައި ބަލި މީހެއް ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 61 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އީއާރަށް ގެނެވުނީ އިއްޔެ ހަވީރު 16:05 ގައި ކުޅުދުއްފުށި ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި އެމެޖެންސީއަށް އޭނާ ގެނެސް ސާމްޕަލްނެގީ ރޯގާ ގެ އަލާމާތްތަކާއިއެކު ނޭވާކުރުވާތީ ކަމަށް ވިދާޅުވިއެވެ.

ޕޮޒިޓިވް ވި ފަރާތާއި އޭނާގެ އާއިލާއާއެކު ކުޅުދުއްފުށި ސިޓީގައި ހުންނަ ކޭޕީއެލް އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ގެންދެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި ކޭސް އާއި ގުޅިގެން ކުޅުދުފުށި ސިޓީ އަށް ވަކި ޚާއްސަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ނަމަވެސް ށ. ފޯކައިދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ