މޫސުން ގޯސްވެ، ކަނޑު ގަދަ ވުމުގެ ސަބަބުން ފެރީ ދަތުތުތައް ޝެޑިއުލް ތަކާއި އެއްގޮތަށް ނުގެންދެވުމަކީ އެކަށިގެންވާ ކަމެއް ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓިސީސީ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މޫސުން ގޯސްވެ، ކަނޑު ގަދަ ވުމުގެ ސަބަބުން ފެރީ ދަތުރުތައް ޝެޑިއުލް ތަކާއި އެއްގޮތަށް ނުގެންދެވުން އެކަށިގެންވާ ކަމަށާއި، މިކަމުގެ ސަބަބުން ފޭރީ ދަތުރު ކުރާ ފަރާތް ތަކަށް ދިމާވެދާނެ ގެއްލުންތަކަށް މައާފަށް އެދޭ ކަމަށެވެ.
ވިލިނގިލީގައި އުޅޭ ގިނަ ބަޔަކީ ވަޒީފާ އަދާ ކުރުމަށާއި ކިޔެވުން ފަދަ މުހިންމު ކަންތައްތަކަށް މާލެ ދަތުރުކުރަން ޖެހޭ ބަޔަކަށް ވާއިރު، އެމްޓީސީސީގެ ފެރީތަކުގެ ހިދުމަތް ޝެޑިއުލްތަކާއި އެއްގޮތަށް ނުގެންދެވިއްޖެ ނަމަ އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ބަޔަކީ މާލެ އާއި ވިލިނގިއްޔާ ދޭތެރޭގައި ދަތުރު ކުރާ ފަރާތްތަކެވެ.
Our ferry schedule might experience delays due to bad weather and rough seas. We sincerely apologize for any inconvenience. #MTCCTransport #RayyithungeKunfuni pic.twitter.com/dwdWFcl9ua
— MTCC Plc (@MTCCPlc) March 29, 2021
މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 14:00 އިން މެންދުރު 18:00 ގެ ނިޔަލަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިތުރުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ބެލެވެެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި މިއަދު ދޯންޏެއް އަޑިއަށްގޮސް، ބާޖެއް ފަރަކަށް ލަށްވެ، ހިންނަވަރަށް ދަނީ އުދަ އަރަމުންނެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫއާއި ފުވައްމުލަކަށް މި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.