189 ކުދި ވެލާ ވަގަށް ބޭރުކުރަން އުޅެނިކޮށް އަތުލައިފި

189 ކުދި ވެލާ ސެލޯފިން އޮޅައި ސުއިޓްކޭސްއަކަށްލައި އިކުއެޑޯގެ ގަލަޕަކޯސް އައިލެންޑްސް އިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެފިއެވެ.

މި ވެލާތައް ސުމަގުލް ކުރަން އުޅެނިކޮށް އެއާޕޯޓުން އަތުލައިގަނެފައިވަނީ ރޫޓިން އިންސްޕެކްޝަނެއްގެދަށުން ވެލާތައްހުރި ސުއިޓްކޭސް ބެލިބެލުމުގައެވެ. ވެލާތައް ކަސްޓަމުގެ އޮފިޝަލުންނަށް ފެނުނުއިރުވަނީ ކޮންމެ ވެލައެއް ވަކިން ސެލޯފިން އޮޅައި ބަންދުކޮށްފައެވެ.

އިކުއެޑޯގެ ކަސްޓަމްސް އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވެލާތައް ފެނުނުއިރުވެސް 10 ވެލާވަނީ މަރުވެފައެވެ. ބެލެވޭ ގޮތުގައި އަތުލައިގަނެވުނު ވެލާތަކުގެ އުމުރުންވަނީ ގާތްގަނޑަކަށް ތިންމަހެވެ.

ދިރޭތަކެތި ވަގަށް އެއްތަނުން އަނެއްތަނަށް ގެންދިއުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އިކުއެޑޯއިން އަތުލައިގަނެވުނު ވެލާތަކުގެ ތެރެއިން އެންމެ ވެލައެއްގެ އަގުވެސް 5،000 އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނެއެވެ.

މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި ވެލާތައް ވިއްކުމަށް މަސައްކަތްކޮށްފައިވަނީ ކޮންތާކައްކަންވެސް އަދިވަނީ ނުހޯދިއެވެ. ވެލާތައް އެއާޕޯޓަށް ގެނަކަމަށްވަނީ ދަތުރުފަތުރު ކުރުމުގެ ހިދުމަތްދޭ ކުންފުންޏަކުންނެވެ.

އިކުއެޑޯގެ ޕްރޮވިންސެއް ކަމަށްވާ ގަލަޕަކޯސް އައިލެންޑްގައި ދިރުއުޅޭ އެންމެހާ ދިރޭތަކެއްޗާއި ގަސްގަހާގެއްސަކީ އެސަރަހައްދަށް ހާއްސަ ދުނިޔޭގެ އެހެން ސަރަހައްދުތަކުން މަދުން ނޫނީ ނުފެއްނަ ބާވަތުގެ ތަކެތިތަކެކެވެ.

މިލިޔުން ކިޔާލުމުން
2121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ