ފޮޓޯ- އެމްޓީސީސީ

ގާދިއްފުށީގައި ފެނާއި ނަރުދަމާ އަޅާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ އަޅާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އިއްޔެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެމްޓީސީސީ އިން ވިދާޅުވީ،  އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް ހުންނަ ސައިޓު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުން، ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުން، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުން، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމެވެ.

2019 ވަނަ އަހަރ ސެޕްޓެމްބަރ މަހު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކުރިއިރު، މި މަސައްކަތް ނިންމަން ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢުގެ އަގަކީ 21،149،966.79 (21.1 މިލިއަން ރުފިޔާ) އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ