ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ގައި އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން މިއަދު ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް ޖެހިގެން މިއަދު ރާއްޖޭގައި މީހަކު ނިޔާވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން އެޗްޕީއޭ އިން ވިދާޅުވީ މިއަދު މެންދުރު 12:27 ގައި އައިޖީއެމް ހޮސްޕިޓަލަށް އެއްވެސް ހަރަކާތެއް ނެތް އުރުން 66 އަހަރުގެ ފިރިހެނެއް ގެނެވިފައިވާކަމަށާއި، އަދި އެމީހާ ނިޔާވީ ހޮސްޕިޓަލަށް ގެނަތާ ކުޑަ އިރުކޮޅެއް ފަހުން މިއަދު މެންދުރު 12:35 ގައި ކަމަށެވެ. އަދި އެމީހާއަކީ ކޮވިޑް ޖެހިގެން ނިޔާވި މީހެއްކަމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އެެހެން ކަމުން ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 67 އަށް އަރާފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމު ކުރި މަޢުލޫމާތަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް 23،838 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން މިބައްޔަށް ފަރުވާ ހޯދަމުން މިހާރު ދަނީ 2،780 މީހެކެވެ.

ރާއްޖޭގައި އިއްޔެވެސް މި ބައްޔަށް 167 މީހަކު ވަނީ ޕޮޒިޓީވް ވެފައެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ވަރަށް ބޮޑަށް ކޮވިޑް މިހާރު ވަނީ ފެތުރިފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ