ފެބުރުއަރީ އެއްވަނަ ދުވަހު މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތާއި ގުޅިގެން އެގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 40 ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާކަމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ "ސޭވް ދަ ޗިލްޑްރެން" ޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނީ އަސްކަރިއްޔާއިން ދިން އެކި ހަމަލާތަކުގައި މަދުވެގެން 43 ކުޑަކުދިން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. އަދި އެންމެ ހަގު ކުއްޖަކަށް މަރުވެފައިވަނީ އުމުރުން ހަ އަހަރުގެ ކުއްޖެއް ކަމަށްވެސްް "ސޭވް ދަ ޗިލްޑްރެން" ޖަމިއްޔާއިންވަނީ ބުނެފައެވެ.
އަސްކަރީ ބަގާވާތާއި ދެކޮޅަށް މުޅި ގައުމުގައި މުޒާހަރާތައް ކުރަމުން އަންނައިރު މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އަސްކަރިއްޔާއިން އައްނަނީ ލައިވް ވަޒަން ބޭނުން ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީވެސް ބަޑި ޖެހުމުގެ ސަބަބުންނެވެ. މިހާތަނަށް ް536 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އަސްކަރިއްޔާއިން މިޔަންމާގެ ޑިމަކްރަސީ ލީޑަރ އަންގްސަން ސޫޗީ ގެ ސަރުކާރު ވައްޓާލައި އެ ސަރުކާރުގެ އިސްބޭފުޅުންވަނީ ހައްޔަރުކޮށްފައެވެ. އަސްކަރިއްޔާއިން މިހާރު އައްނަނީ އަންގްސަން ސޫޗީ ހިމެނޭގޮތުން ސިޔާސީ އިސްބަޔެއް ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް ތައްޔާރުވަމުންނެވެ.
މިޔަންމާގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް އދ. ންނާއި އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން ވަނީ ކުށްވެރިކޮށްފައެވެ.



