ކޮވިޑް-19 ޕެންޑަމިކް ތެރޭގައި ރޯދަހިފުމަކުން ސިއްހަތަށް ނުރައްކަލެއް ނެތް: ދިރާސާ

ކޮވިޑް-19 ޕެންޑަމިކް ތެރޭގައި ރޯދަހިފުމަކުން ސިއްހަތަށް އިތުރު އެއްވެސް ނުރައްކަލެއް ނެތްކަމަށް އިނގިރޭސިވިލާތުގައި ހެދުނު ދިރާސާއަކުން ދައްކައިފިއެވެ.

"ޖާނަލް އޮފް ގްލޯބަލް ހެލްތް"ގައި މިއަދު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ރަމަޟާންމަހު ރޯދަހިފުމުގެ ސަބަބުން ކޮވިޑް-19 ޕެންޑަމިކްތެރޭ މަރުވާމީހުންގެ އަދަދު އިނގިރޭސިވިލާތުގައި އިތުރުވެފައެއް ނުވެއެވެ.

"އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާގޮތުގައި ރަަމަޟާންމަހާއި ގުޅިގެން ކުރާކަންތައްތަކުގެ ސަބަބުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އިތުރުވެގެންނުދޭ" ދިރާސާގައި ބުނެފައި ވެއެވެ.

ރަމަޟާންމަހާއި ގުޅިގެން ކޮވިޑް-19ގެ މަރުތައް އިތުރުވެގެންނުދާކަމަށް ބުނެ ސިއްހީ ދިރާސާއެއް ނެރެފައި މިވަނީ މިއަހަރުގެ ރަމަޟާންމަސް އައްނަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

މިދިޔަ އަހަރު ރަމަޟާންމަހާއި ގުޅިގެން އިނގިރޭސިވިލާތުގައި ކޮވިޑް-19 މަރުތައް އިތުރުވެފައިވާކަމަށްބުނެ ބަޔެއް ފަރާތްތަކުން ވާހަކަދައްކައިފައި ވެއެވެ. މިއަހަރުގެ ރަމަޟާންމަސް އައްނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ