އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:16 ހާއިރު ކަމަށާއި އަދި މިހާތަނަށް މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަަށެވެ.
މައުލޫމާތު ލިބޭގޮތުގައި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ޒަހަމްވި މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދިވަނީ ލިބޭގޮތް ނުވެފައެވެ.
އަތޮޅުތެރޭ ރައްތަކުގައި ދޭތެރެދޭތެރެއިން މިފަދަ މާރާމާރީތައް އައްނަނީ ހިނގަމުންނެވެ. ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިފަދަ މައްސަލަތަކާއި ގުޅިގެން ދާދިފަހުން ވިދާޅުވެފައިވަނީ އަތޮޅުތަކުގެ ރަށްތަކުގައި ހަރަކާތްތެރިވާ ގޭންގުތައް ހުއްޓުވުމަށް ތާއްޔާރުވާން ޖެހޭ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން މަރުކަޒުވުމަކީ އަމާޒެއް ކަމަށެވެ.




