ދުބާއީގައި ބަރަހަނާވެ ފޮޓޯ ނެގި އަންހެނުން ތަކެއް ހައްޔަރުކޮށްފި

ބަރަހަނާވެ ފޮޓޯނެގި ގިނަ އަދަދެއްގެ އަންހެނުން ތަކެއް ދުބާއީއިން ހައްޔަރުކޮށްފިއެވެ.

މި އަންހެނުންތައް ހައްޔަރުކޮށްފައިވަނީ އިމާރާތެއްގެ ބެލްކަނީގައި ހުރެ ނެގި ބަރަހަނާ ފޮޓޯތަކެއްގެ ވީޑިއޯ އާމުވެ މިކަން ދުބާއީގެ ރަސްމީ އިދާރާތަކަށް އައުމާއި ގުޅިގެންނެވެ.

ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުދެމުން ޔޫކްރެއިން ކޮންސްލޭޓުން ބުނީ ހައްޔަރުކުރި އަންހެނުންތަކުގެ ތެރޭގައި އެގައުމަށް ނިސްބަތްވާ 11 އަންހެނުން ހިމެނޭ ކަމަށެވެ. ރަޝިއާގެ މީޑިއާތަކުން މައުލޫމާތުދޭގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެގައުމުގެ އެއް އަންހެނަކު ހިމެނެއެވެ.

ދުބާއީގެ އާންމުތަންތާގައި ބަރަހަނާ ކޮށް އުޅުމަކީ ކުށެކެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން ހަމަހަށް ޖަލަށްލައި 5،000 ދިރުހަމުން ޖޫރިމަނާކުރެއެވެ.

ޔޫއޭއީގެ ގިނަ މިފަދަ ގަވާއިދުތައް ހެދިފައި ހުއްނަނީ ޝަރިއްޔާގެ އުސޫލާއި އެއްގޮތައް ކަމަށާއި މީގެކުރިންވެސް މިފަދަ ކުއްތަކުގައި މީހުން ޖަލަށް ލައިފައިވާކަމަށް ބޭރުގެ ޚަބަރުފަތުރާ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މިލިޔުން ކިޔާލުމުން
81221
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ