ދުނިޔޭގެ އެންމެ ބޮޑު އެއް ބަނދަރުކަމުގައިވާ ދުބާއީގެ ޖެބެލަ އަލީ ޕޯޓުގައި އޮތް ކޮންޓޭނާ ބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ.
މި ގޮވުމުގެ އަސަރު މުޅި އެ ސަރަހައްދަށް ކޮށްފައިވާ ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ދުބާއީ ސަރުކާރުގެ ރަސްމީ މީޑިއާ އޮފީސް އިން ޓްވީޓް ކޮށްފައިވާ ގޮތުގައި، މި ގޮވުން ގޮވާފައިވަނީ ދުބާއީގެ މައި ބަނދަރު ޖެބެލަ އަލީ ޕޯޓުގައި އޮތް މުދާ އުފުލާ ކޮންޓޭނާ ބޯޓެއްގައި އަލިފާން ރޯވެގެންއެވެ.
ޓްވިޓާއިން އެ ސަރަހައްދުގެ ހާލަތު ފެންނަ ވީޑިއޯތައް މިހާރު އާއްމުވެފައިވާއިރު، އެ ގޮވުން ގޮވުމާއެކު އަލިފާންގަނޑު އަރައިގެން އަންނަ މަންޒަރު ވަރަށް ދުރުން ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފައެވެ. އަދި ފަޔާ ފައިޓާއިން ހޮޅިން ފެންޖަހާ، ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާ މަންޒަރުވެސް ފެންނަ ފޮޓޯތައް އާއްމުވެފައެވެ.
ދުބާއީގެ ސިވިލް ޑިފެންސް ޓީމުން ބުނީ، މި ހާދިސާގައި އަދި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި މިވަގުތު އަލިފާން ނިއްވާ ވެހިކަލް ތަކާއި، އެމެޖެންސީ ވެހިކަލް ތައް ހަރަކާތްތެރިވަމުން އެބަ ދެއެވެ.
UPDATE - Dubai officials responding to fire caused by an explosion on a container ship at Jebel Ali Port.pic.twitter.com/r5orj9RxMx
— Disclose.tv ???? (@disclosetv) July 7, 2021
ދުބާއީގެ މީޑިއާ އޮފީސް އިން ބުނީ، އިތުރު ހާދިސާއެއް މެދުވެރި ނުވާނެހެން، ބޯޓު ދުރަށް ގެންދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަސައްކަތް ކުރެވެމުން ދާކަމަށެވެ. އަދި އަލިފާން ނިއްވާ މީހުން ފެންޖަހައިގެން އަލިފާންގަނޑު ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މީޑިއާ އޮފީސް އިން ބުންޏެވެ.
މިގެ އިތުރުން، މި ހާދިސާގައި އަދި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް ދުބާއީގެ މީޑިއާ އޮފީހުންވެސް ވަނީ ބުނެފައެވެ.
الأجهزة المعنية تسيطر بكفاءة عالية على المرحلة الأخيرة من حريق اندلع في حاوية على متن سفينة تستعد للرسو على أحد أرصفة ميناء جبل علي، بعيداً عن الخط الملاحي الرئيسي للميناء دون حدوث أي إصابات أو وفيات. pic.twitter.com/SycrtY0PQA
— Dubai Media Office (@DXBMediaOffice) July 7, 2021
ދުބާއީގެ އޮފިޝަލަކު ޓީވީ ޗެނަލަކަށް މައުލޫމާތު ދިން ގޮތުގައި، މިއީ ކޮންޓޭނާ ބޯޓުގައި ރޯވާ ފަދަ ތަކެތި ނުވަތަ ފްލޭމެބަލް މެޓީރިއަލްސް ހުރުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ.
— Dubai Media Office (@DXBMediaOffice) July 7, 2021
ދުބާއީ މީޑިއާ އޮފީހުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އަލިފާންގަނޑު ކޮންޓްރޯލުކުރުމަށް ކުރެވުނު މަސައްކަތުން މިހާރު ބޮޑުބައެއް ވަނީ ނިއްވާލެވިފައެވެ. ނަމަވެސް އަރަމުންދާ ދުންގަނޑު އަދިވެސް އެއްކޮށް ކޮންޓްރޯލެއް ނުވެއެވެ.
ދުބާއީ ޕޮލިސްގެ ޗީފް އޮފް ކޮމާންޑަރ ބުނެފައި ވަނީ، އަލިފާން ރޯވެފައި ވަނީ ދުބާއީ ބަނދަރުގައި އޮތް 130 ކޮންޓެއިނާގެ ޖާގަ އޮތް ކުޑަ ކޮންޓެއިނާ ބޯޓެއްގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވެ މިހާރު އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައި ވާކަމަށް ދުބާއީ ޕޮލިސް އިން ބުންޏެވެ.
ދުބާއީ ޕޮލިސް އިން އިތުރަށް ބުނީ، ބޯޓުގައި އެއްވެސް ރޭޑިއޯއެކްޓިވް މޭޓީރިއަލް އެއް ނުވާ ކަމަށެވެ. ނަމަވެސް ފްލޭމެބަލް މެޓީރިއަލްސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.



